ހަމަ އެކަނި ޝަކުވާ ދަންނަވަންވީ ފަރާތަކީ ތިމާ ހެއްދެވި ފަރާތެވެ.

اللهم إِلَيْكَ أَشْكُوْا ضَعْفَ قُوَّتِي وَقِلَّةَ حِيلَتِي وَهَوَانِي عَلَى النَّاسِ، يَا أَرْحَمَ الرَّاحِمِينَ، أَنْتَ أَرْحَمُ الرَّاحِمِينَ إِلَى مَنْ تَكِلُنِي إِلَى عَدُوٍّ يَتَجَهَّمُنِي أَمْ إِلَى قَرِيبٍ مَلَّكْتَهُ أَمْرِي إِنْ لَمْ يَكُنْ بِكَ غَضَبٌ عَلَيَّ فَلا أُبَالِي غَيْرَ أَنَّ عَافِيَتَكَ أَوْسَعُ لِيْ، أَعُوذُ بِنُورِ وَجْهِكَ الَّذِي أَشْرَقَتْ لَهُ الظُّلُمَاتُ وَصَلَحَ عَلَيْهِ أَمْرُ الدُّنْيَا وَالآخِرَةِ أَنْ يَنْزِلَ بِي غَضَبُكَ أَوْ يَحِلَّ عَلَيَّ سَخَطُكَ لَكَ الْعُتْبَى حَتَّى تَرْضَى وَلا حَوْلَ وَلا قُوَّةَ إِلَّا بِكَ.

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ ބަލިކަށިކަމާއި، ޙީލަތުގެ މަދުކަމާއި، މީސްތަކުންގެ މައްޗަށް މިއަޅާ ނިކަމެތިވެގެންވާކަމުގެ ޝަކުވާ މިއަޅާ ހަމައެކަނި ދަންނަވަނީ އިބަރަސްކަލާނގެ ޙަޟްރަތަށެވެ. ރަޙުމްކުރައްވާ އެންމެ އޯގާވަންތަ ރަސްކަލާކޯއެވެ! އިބަރަކަސްކަލާގެއީ ރަޙުކުމްކުރައްވާ އެންމެ އޯގާވަންތަ ރަސްކަލާނގެއެވެ. އިބަރަސްކަލާނގެ މިއަޅާ ހަވާލުކުރައްވަނީ ކޮންފަރާތަކާތޯއެވެ؟ މިއަޅާއަށް ހަމަލާދޭނޭ ޢަދުއްވަކާހެއްޔެވެ؟ ނުވަތަ މިއަޅާގެ ކަންކަން މަތިކުރައްވާފައިވާ ގާތްފަރާތަކާތޯއެވެ؟ މިއަޅާގެ މައްޗަށް އިބަރަސްކަލާނގެ ކޯފާއެއް ނުވާނަމަ، މިއަޅާއަށް ފަރުވާލެއް ނެތެވެ. އިބަރަސްކަލާނގެ ކޯފާއަށްވުރެ، އިބަރަސްކަލާނގެ ޢާފިޔަތު މިއަޅާގެ މައްޗަށް ތަނަވަހެވެ. ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އަދިރިކަމަށް އަލިކަން ގެނުވައި ދުނިޔެއާ އާޚުރަތުގެ އެންމެހައިކަންކަން އެމައްޗަށް ޞުލްޙަވުން ބިނާވާ އިބަރަސްކަލާނގެ ވަޖުހަފުޅުގެ ނޫރުފުޅު މެދުވެރިކޮށް، އިބަރސްކަލާނގެ ކޯފާއާއި ނުރުއްސެވުން ދުރުކޮށްދެއްވުން އެދި އިބަރަސްކަލާނގެ ޙަޟްރަތުން މިއަޅާ ރައްކާތެރިކަމަށް އެދެމެވެ. އިބަރަސްކަލާނގެ ރުހިވޮޑިގެންފުމަށް ދާންދެން އިބަރަސްކަލާނގެ ރުހިވޮޑިގަތުމަށް މިއަޅާ އެދެމެވެ.  އިބަރަސްކަލާނގެ ޙަޟްރަތުންފިޔަވައި އެހެން އެއްވެސް ފަރާތަކުން އެއްވެސްކަމަކަށް އާރެއް ބާރެއް ނުވެއެވެ.

މިއީ ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޠާއިފަށް ވަޑައިގެން ދީނަށް ގޮވާލެއްވުމުން އެމީހުންގެ މޮޔައިންނާއި ކުޑަކުދިންލައްވައި ރަސޫލާގެ ހަށިކޮޅަށް ހިލަ އުކުމުގެ ހާދިޘާއަށްފަހު އެނބުރި ވަޑައިގެން މަގުމަތީގައި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ދެންނެވި ޝަކުވާއެވެ! ވުމާއެކު ޝަކުވާއެއް އޮތްނަމަ، ދަންނަވަންވީ އެކަލާނގެ ޙަޟްރަތުގައެވެ. މީސްތަކުގެ އަތުގައި ދޭނެ އެއްޗެއް ނުހުންނާނެއެވެ!

Scroll to Top